info@redhan.media

whiteLogo

32.45 C

navLogo

ސިފައިންނާއި ފުލުހުންނާއި ކަރެކްޝަނަށް 300 ފްލެޓް ހާއްސަކޮށް، 7900 ފްލެޓް ދޫކުރުމުގެ އުސޫލުތައް ގެޒެޓްކޮށްފި

ސިފައިންނާއި ފުލުހުންނާއި ކަރެކްޝަނަށް 300 ފްލެޓް ހާއްސަކޮށް، 7900 ފްލެޓް ދޫކުރުމުގެ އުސޫލުތައް ގެޒެޓްކޮށްފި
ޕޮޓޯ: ޝޯސަލް މީޑިޔާ
މަރިޔަމް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މުވައްޒަފުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްސަކޮށް 300 ފްލެޓް ދޫކުރަން ނިންމައިފި އެވެ. ސަރުކާރުން މިރޭ ވަނީ މި ޕްރޮގްރާމްގެ އުސޫލުތައް ގެޒެޓްކޮށް ގޯއްޗާއި ފްލެޓަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމާފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 7900 ފްލެޓް ދޫކުރާނެ ގޮތް ތަފްސީލްކޮށް ގެޒެޓްގައި ހިމަނާފައިވެ އެވެ. އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާއި އެމްއެންޑީއެފްގެ މުވައްޒަފުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް 300 ފްލެޓް ހާއްސަކުރުމަކީ މި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުން ދޭ ސަމާލުކަމުގެ ހެއްކެކެވެ.

މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް ކަނޑައަޅާފައިވާއިރު، 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް 100 ފްލެޓް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް 100 ފްލެޓް ޚާއްސަކުރެވިފައިވެ އެވެ.

ޒުވާނުންނަށް 250 ފްލެޓް ކަނޑައަޅާފައިވާއިރު، މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 50 ފްލެޓް ލިބޭނެ އެވެ. އަދި މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް 200 ފްލެޓް ވަނީ ހާއްސަކޮށްފަ އެވެ.

ޖުޑީޝިއަރީގެ މުވައްޒަފުންނަށް، މާލޭގައި އާއިލާ ބިނާކޮށްފައިވާނަމަ 100 ފްލެޓް ކަނޑައަޅާފައިވެ އެވެ. މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް 100 ފްލެޓާއި، ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް 200 ފްލެޓް އަދި އެކި އޮފީސްތަކަށް 400 ފްލެޓް ވެސް މި ޕްރޮގްރާމްގެ ދަށުން ހާއްސަކޮށްފައިވެ އެވެ.

މި ފުރުސަތު ހުޅުވާލުމާއެކު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ފާޅުވެގެންދެ އެވެ.

Rate this article

Leave a Comment

Comments (0)