hello@support.com

whiteLogo

32.45 C

navLogo

ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް ފުރަތަމަ ފަހަރަށް ބަނޑުބޮޑުކަން އިއުލާންކޮށްފި

ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް ފުރަތަމަ ފަހަރަށް ބަނޑުބޮޑުކަން އިއުލާންކޮށްފި
redhan
ފާތިމަތު ލައުޒާ

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް، ފުރަތަމަ ފަހަރަށް ބަނޑުބޮޑުކަން އިއުލާންކޮށްފި އެވެ. މި ޚަބަރަކީ ދެ ތަރިންގެ ފޭނުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދީފައިވާ ޚަބަރެކެވެ.

ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް މިހާރު ތައްޔާރުވަމުން ދަނީ ފުރަތަމަ ފަހަރަށް މައިންބަފައިން ވާށެވެ. ކެޓްރީނާގެ ބަނޑުބޮޑުކަން ކަށަވަރުކޮށްދެމުން، މި ދެމަފިރިން ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި މި އުފާވެރި ޚަބަރު ހިއްސާކޮށްފަ އެވެ. އެ ދެމަފިރިން ކުރި ޕޯސްޓެއްގައި، ވިކީގެ އަތުގައި އޮތް ބޭބީ ބަމްޕްއާއެކު ނަގާފައިވާ ރީތި ފޮޓޯއެއް ވަނީ ހިއްސާކޮށްފަ އެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "އުފާވެރިކަމާއި ޝުކުރުވެރިކަމާ އެކު އަހަރެމެންގެ ހަޔާތުގެ އެންމެ ރަނގަޅު ޗެޕްޓަރު ފަށަން މަގުމަތީގައި" ކަމަށެވެ.

https://www.instagram.com/p/DO75cvWjf__/?utm_source=ig_web_copy_link

ރިޕޯޓުތައް ބުނާ ގޮތުން ކެޓްރީނާ މި އަހަރު ނިމުމުގެ ކުރިން ވިހެއުމުގެ މަސައްކަތް ކުރާނެ އެވެ. މި އިޢުލާނާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ރަހުމަތްތެރިން ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔާފަ އެވެ. ޖާންވީ ކަޕޫރު ލިޔެފައި ވަނީ "މަރުހަބާ، މަރުހަބާ، މަރުހަބާ!!!!!" ކަމަށެވެ.

އަދި އަޔުޝްމަން ޚުރާނާ ކޮމެންޓުކޮށްފައި ވަނީ "މަރުހަބާ ގައިސް" އެވެ. ސޯނަމް ކަޕޫރު ވަނީ ރަތް ހާޓް އިމޯޖީތައް ހިއްސާކޮށްފަ އެވެ. ސަބާ ޕަޓައުޑީ ލިޔެފައި ވަނީ "މަހްޝާالله" އެވެ. އަދި ބޫމީ ޕެޑްނޭކަރް ވަނީ ފަސް ރަތް ހިތަކުން ކޮމެންޓު ކޮށްފަ އެވެ. މި ޚަބަރާއެކު ދެ ތަރިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ތަހުނިޔާގެ މެސެޖުތައް އޮހެމުންނެވެ.

ކެޓްރީނާ އާއި ވިކީގެ ބަނޑުބޮޑުކަން އިއުލާން ކުރި ވާހަކަ މީޑިއާތަކުގައި ދައުރުވަމުން ދިޔަ ނަމަވެސް، އެ ދެމަފިރިން ވަނީ އިންސްޓަގްރާމްގައި އެކަން ރަސްމީކޮށް ކަށަވަރު ކޮށްދީފަ އެވެ. ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް ކައިވެނި ކުރީ 2021 ވަނަ އަހަރު ރާޖަސްތާނުގެ ސަވާއީ މަދޯޕޫރްގައި ހުންނަ ސިކްސް ސެންސަސް ފޯޓް ބަރްވާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެވޯޑް ޝޯއެއްގައި ޕްރޮޕޯސަލް ކުރުމުން ފެށިގެން ކަރަން ޖޯހަރްގެ ޕާޓީއެއްގައި އެ ދެމީހުންގެ ފުރަތަމަ ހަގީގީ ބައްދަލުވުމާ ހަމައަށް އެ ދެމީހުންގެ ލޯބީގެ ވާހަކައަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ޕްރޮފެޝަނަލް ފްރޮންޓްގައި ވިކީ ކޯޝަލް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޝިވާޖީ ސާވަންތުގެ ނޮވެލްއަށް ބިނާކޮށް ހަދާފައިވާ މަރާތާ އެމްޕަޔަރގެ ދެވަނަ ރަސްކަލަކު ކަމަށްވާ ސަމްބާޖީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބްލޮކްބަސްޓާ ހިސްޓޯރިކަލް ޑްރާމާ "ޗާވާ" އިންނެވެ. މި ފިލްމުގައި އަކްޝޭ ކަންނާ އާއި ރަޝްމިކާ މަންދަނާ ވެސް ފެނިގެންދާނެ އެވެ.

ކެޓްރީނާ ކައިފް އެންމެ ފަހުން ރިލީޒް ކުރި ފިލްމަކީ ސްރީރާމް ރާގަވަން ޑައިރެކްޓް ކުރާ "މެރީ ކްރިސްމަސް" (2024) އެވެ. މި ފިލްމަކީ ފްރެޑެރިކް ޑާޑްގެ ފަރަންސޭސި ނޮވެލް "ލެ މޮންޓޭ-ސީ" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް މިހާރު ތައްޔާރުވަމުން ދަނީ ފުރަތަމަ ފަހަރަށް މައިންބަފައިން ވާށެވެ. ކެޓްރީނާގެ ބަނޑުބޮޑުކަން ކަށަވަރުކޮށްދެމުން، މި ދެމަފިރިން ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި މި އުފާވެރި ޚަބަރު ހިއްސާކޮށްފަ އެވެ. އެ ދެމަފިރިން ކުރި ޕޯސްޓެއްގައި، ވިކީގެ އަތުގައި އޮތް ބޭބީ ބަމްޕްއާއެކު ނަގާފައިވާ ރީތި ފޮޓޯއެއް ވަނީ ހިއްސާކޮށްފަ އެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "އުފާވެރިކަމާއި ޝުކުރުވެރިކަމާ އެކު އަހަރެމެންގެ ހަޔާތުގެ އެންމެ ރަނގަޅު ޗެޕްޓަރު ފަށަން މަގުމަތީގައި" ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކެޓްރީނާ މި އަހަރު ނިމުމުގެ ކުރިން ވިހެއުމުގެ މަސައްކަތް ކުރާނެ އެވެ. މި އިޢުލާނާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ރަހުމަތްތެރިން ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔާފަ އެވެ. ޖާންވީ ކަޕޫރު ލިޔެފައި ވަނީ "މަރުހަބާ، މަރުހަބާ، މަރުހަބާ!!!!!" ކަމަށެވެ.

އަދި އަޔުޝްމަން ޚުރާނާ ކޮމެންޓުކޮށްފައި ވަނީ "މަރުހަބާ ގައިސް" އެވެ. ސޯނަމް ކަޕޫރު ވަނީ ރަތް ހާޓް އިމޯޖީތައް ހިއްސާކޮށްފަ އެވެ. ސަބާ ޕަޓައުޑީ ލިޔެފައި ވަނީ "މަހްޝާالله" އެވެ. އަދި ބޫމީ ޕެޑްނޭކަރް ވަނީ ފަސް ރަތް ހިތަކުން ކޮމެންޓު ކޮށްފަ އެވެ. މި ޚަބަރާއެކު ދެ ތަރިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ތަހުނިޔާގެ މެސެޖުތައް އޮހެމުންނެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356
hello@support.com