info@redhan.media

whiteLogo

32.45 C

navLogo

ޑޮލަރުގެ ސިޔާސަތަކީ ރައްޔިތުންގެ މަސްލަހަތަށް ނިންމި ނިންމުމެއް: ނައިބު ރައީސް

ޑޮލަރުގެ ސިޔާސަތަކީ ރައްޔިތުންގެ މަސްލަހަތަށް ނިންމި ނިންމުމެއް: ނައިބު ރައީސް
ޕޮޓޯ: ސޯސަލް މީޑިޔާ
Redhan News Room

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުވާ ގޮތަށާއި، ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ މުޢާމަލާތްކުރުން ހުއްޓުވުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި މުހިންމު އިސްލާހުތަކަކީ ދިވެހި ރައްޔިތުންގެ މަސްލަހަތު ނެގެހެއްޓުމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސްއަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް

އަމާޒަކީ ދިވެހި ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަން ނިޒާމުގެ ތެރެއިން ފަހިކޮށްދެއްވުން ކަމަށާއި، މި ބަދަލަކީ އެމަނިކުފާނު ރައްޔިތުންގެ ޙައްޤުގައި އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ވިޔަފާރިތައް ހިމާޔަތްކޮށްދެއްވި، ރައްޔިތުންގެ މަސްލަހަތު ހުރި ގިނަ ކަންތައްތަކެއް ރައްކާތެރިކަމާއެކު ކުރިއަށް ދެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަވައިގެން ތަރުތީބު ކުރެއްވުން، އެގޮތުން ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ދައްކަވާ ވާހަކައެއް، ސިޔާސީ މައިދާނުގައި އުޅުއްވި، 10 އަހަރު އަޅުގަނޑު މަޖިލީހުގައި ހޭދަކުރެއްވިިއިރު، އެކި ކޮމެޓީތަކުގައި އެކި ފެންވަރުގައި މި ވާހަކަދެކެވިފައި ހުރީ، އެހެން ނަމަވެސް މިއަށް އަމަލީ ގޮތުން، އެއްވެސް މައިދާނެއްގައިވެސް، ހަފްލާއެއްގައިވެސް މި ވާހަކަ ބުނެލަން ނުކެރި ފަހަތަށް ޖެހުނު ޖެހުން، މި ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ޕާލިމެންޓްރީ ގްރޫޕުގައި އެދިވަޑައިގެން މި ނިންމެވި ނިންމެވުމަކީ ޑޮލަރު ނުލިބި، އިޤްތިޞާދުގައި ޑޮލަރު ދައުރުނުވާ މައްސަލައަށް ހައްލެއް ގެނައުމަށް އެޅުއްވި ވަރަށް ދުރުވިސްނޭ ހަރުދަނާ ސިޔާސީ ނިންމެވުމެއް ކަމަށެވެ. އަދި ބަޔަކު މީހުން މިކަމާ ހިތްހަމަނުޖެހުނު ނަމަވެސް، މީގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި އާންމު ވިޔަފާރިވެރިންނަށް ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އަމިއްލަ ޤައުމުގެ ވިޔަފާރިތައް ރައްކާތެރިކުރެވޭނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވިގެން ކަމަށާއި، ރައީސް މުޢިއްޒަކީ އެ މަގުން މަސައްކަތްކުރައްވާ ވަތަނީ ލީޑަރެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުގެ ދަށުން، މީގެ ކުރިން ބޭރު ފައިސާއާ ބެހޭ ޤާނޫނު އޮތް ގޮތުން ކޮންމެ ތިން މަހަކުން ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 20 އިންސައްތަ ނުވަތަ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުމަށް އޮތް އިޚްތިޔާރު ވަނީ އުވާލައިފައެވެ. އަދި އޭގެ ބަދަލުގައި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކުވެސް ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުވާނެއެވެ.

މީގެ އިތުރުން، ޤާނޫނުގައި ޑޮލަރުން މުޢާމަލާތްކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޑޮލަރުން ހަދާ ހުރިހާ ޕޭމެންޓުތަކުގެ ތަފްޞީލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހިއްސާކުރުން ވެސް މި އިސްލާހުގެ ދަށުން ވަނީ ލާޒިމުކޮށްފައެވެ.

Rate this article

Leave a Comment

Comments (0)