info@redhan.media

whiteLogo

32.45 C

navLogo

އުންމީދަކީ އެމްޑީޕީއަށް އެއްލައްކަ މެމްބަރުން ހަމަ ކުރުން: ނަޝީދު

އުންމީދަކީ އެމްޑީޕީއަށް އެއްލައްކަ މެމްބަރުން ހަމަ ކުރުން: ނަޝީދު
ޕޮޓޯ: ސޯސަލް މީޑިޔާ
މަރިޔަމް

އެމްޑީޕީގެ އެއްވެސް މެމްބަރަކު އެ ޕާޓީން ވަކިނުވެ، ޕާޓީގެ މެމްބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަކީ އުންމީދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު "އެކްސް" މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯއެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އެންމެ މެމްބަރަކު ވިއަސް ވަކިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ އެދުމަކީ ވީހާވެސް ގިނަ ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ އަދި އުންމީދަކީ އެއްލައްކައަށްވުރެ ގިނަ މެމްބަރުން އެމްޑީޕީގައި ބޭތިއްބުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބާއި، އޭގެ ފަހުން ވެސް ޕާޓީގެ މެމްބަރުންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްލުމަކީ އެދޭ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

Loading tweet...

އެމްޑީޕީގެ މެމްބަރުން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޗެއާޕާސަންގެ އިންތިހާބުގައި ބަލިވާ ފަރާތްތަކުން ޕާޓީގެ ކަންކަމުގައި ތަންކޮޅެއް ދުރުގައި ތިބެން ޖެހުނު ނަމަވެސް، މޮޅުވާ ފަރާތްތަކުން ތިބެންވާނީ ޕާޓީގެ ކަންކަމާ ވަރަށް ގާތުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގައި މިވަގުތު ތިބީ 43،784 މެމްބަރުންނެވެ. އެހެންކަމުން ނަޝީދު ބޭނުންފުޅުވާ އަމާޒަށް ވާސިލްވުމަށްޓަކައި އަދި 56،000 އަށްވުރެ ގިނަ މެމްބަރުން ޕާޓީއަށް އިތުރުކުރަން ޖެހެއެވެ.

Rate this article

Leave a Comment

Comments (0)