info@redhan.media

whiteLogo

32.45 C

navLogo

732 ފަތުރުވެރިންނާއެކު ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ

732 ފަތުރުވެރިންނާއެކު ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ
ފޮޓޯ: އިމިގްރޭޝަން
Redhan News Room

ޗައިނާގެ ކްރޫޒް ލައިނާއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. މިއަދު ރާއްޖެ އައިސްފައިވަނީ ޗައިނާގެ "އެމްއެސް ވައިކިންގް ޔީދުން" ނަމަކަށް ކިޔާ ކްރޫޒް ލައިނާއެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން ރާއްޖެއަށް އައި މި ކްރޫޒް ލައިނާގައި ޖުމްލަ 1,218 މީހުން ދަތުރުކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ 732 ފަތުރުވެރިންނާއި 486 ފަޅުވެރިންނެވެ. އިމިގްރޭޝަނުން ވަނީ މި ހުރިހާ ފަރާތްތަކަކަށް ބޭނުންވާ ކްލިއަރެންސް މިއަދު ދީފައެވެ.

Loading tweet...

މި ކްރޫޒް ޝިޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިގޮތުން ރާއްޖެއަށް އައި ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފީ ހަރަކާތްތަކެއް ދައްކާލުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ބްރޭންޑް އައިޓަމްތައް ވަނީ ހަދިޔާކޮށްފައެވެ.

ޗައިނާގެ ކްރޫޒް ޝިޕެއް ފުރަތަމަ ފަހަރަށް ރާއްޖެ އަންނަކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ހާމަކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް، ހާއްސަކޮށް ކްރޫޒް ޓޫރިޒަމްގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 149,207 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި އާ ކްރޫޒް ލައިނާގެ ދަތުރުތަކާއެކު ޗައިނާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

Rate this article

Leave a Comment

Comments (0)