info@redhan.media

whiteLogo

32.45 C

navLogo

ހުޅުމާލެ އަޒީޒާ މޫސާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފި

ހުޅުމާލެ އަޒީޒާ މޫސާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފި
ޕޮޓޯ: އިސްލާމިކް މިނިސްޓްރީ
Redhan News Room

ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

ފުލުހުން ވިދާޅުވީ، މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ދީފައިވާ ގެއްލުންތަކުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތް މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އެމީހާގެ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

މިސްކިތްތަކަކީ މުގައްދަސް ތަންތަނަށް ވީހިނދު، މިސްކިތްތަކުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެކެވެ. އެގޮތުން މި ހާދިސާއާ ގުޅިގެން މިސްކިތުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިސްކިތްތަކަށް ގެއްލުންދޭ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

Rate this article

Leave a Comment

Comments (0)