info@redhan.media

whiteLogo

32.45 C

navLogo

އެޗްޑީސީން ހަތް ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

އެޗްޑީސީން ހަތް ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި
ޕޮޓޯ: އެޗް.ޑީ.ސީ
Redhan News Room

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތޮޅުތަކުގައި ގާއިމުކުރަމުންދާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ހަތް ރަށެއްގެ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

އެޗްޑީސީން މައުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫޢަކީ ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ ކުންފުނިން ވިދާޅުވީ ޙަވާލުކުރެވުނު ޖިމްތަކުގެ ތެރެއިން މިހާރު ނުނިމި ހުރި ރަށްރަށުގެ މަސައްކަތްތައް ވެސް ތާވަލާ އެއްގޮތަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ގާއިމުކުރާ ޖިމްތަކުގައި ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ އިކުއިޕްމަންޓްތަކެއް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީންޖިމްހަދައިނިންމާލި7ރަށަކީ:

  • އއ. ފެރިދޫ

  • އއ. އުކުޅަސް

  • އދ. ދިގުރަށް

  • އދ. ފެންފުށި

  • އދ. މާމިގިލި

  • އދ. މަންދޫ

  • ބ. ގޮއިދޫ

އެޗްޑީސީން އިތުރަށް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އިޖުތިމާޢީ ޒިންމާ (ސީއެސްއާރު) ގެ ދަށުން، ދިވެހި މުޖުތަމަޢަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫޢުތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގުން ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ވެސް ރައްޔިތުންނަށް ފައިދާވާނެ ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގަމުން އަންނަކަން އެޗްޑީސީން ފާހަގަކުރެއެވެ.

Rate this article

Leave a Comment

Comments (0)