info@redhan.media

whiteLogo

32.45 C

navLogo

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި
ޕޮޓޯ: ހެލްތް މިނިސްޓްރީ
Redhan News Room

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކެއް ގުޅިގެން ހުޅުމާލޭގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތައް ބާއްވާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައެވެ.

"ޑޯންޓް މިސް އަ ބީޓް" މި ޝިޢާރުގެ ދަށުން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމާއި، ހިތާއި ލޭނާރުގެ ބަލިތަކާމެދު އާންމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މި އިވެންޓް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، ޢީލާ ޢަލީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެންއެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ސިއްހީ އަދި އިޖުތިމާޢީ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހައުސިންގ އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ނޭޝަނަލް ސެންޓަރ ފޯ ކާޑިއޯވެސްކިއުލާ ސައިންސަސް (އެންސީސީއެސް)، އަދި ހުޅުމާލެ ހޮސްޕިޓަލް ހިމެނެއެވެ.

މީގެއިތުރުން، މޯލްޑިވިއަން ރެޑް ކްރެސެންޓް، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރ، މޯލްޑިވިއަން ފިޒިއޮތެރަޕީ އެސޯސިއޭޝަން، ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަދި ނޭޝަނަލް ޑައިއެބީޓީސް ސެންޓަރުން ވެސް މި ހަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެ، އާންމުންނަށް މުހިންމު މަޢުލޫމާތާއި ޚިދުމަތްތައް ފޯރުކޮށްދީފައިވެއެވެ.

Rate this article

Leave a Comment

Comments (0)