info@redhan.media

whiteLogo

32.45 C

navLogo

އިންޖިނިއާސް އެވޯޑްގެ އިވެލުއޭޝަން ކޮމެޓީއަށް ހަތް މެންބަރަކު ހަމަޖައްސައިފި

އިންޖިނިއާސް އެވޯޑްގެ އިވެލުއޭޝަން ކޮމެޓީއަށް ހަތް މެންބަރަކު ހަމަޖައްސައިފި
ޕޮޓޯ: ސޯސަލް މީޑިޔާ
Redhan News Room

މި އަހަރުގެ އިންޖިނިއާސް އެވޯޑަށް ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްޓަކައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމެޓީއެއް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ) އިން އެކުލަވާލައިފިއެވެ.

ރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮށްދެއްވާ އަގުހުރި އަދި ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއާސް އެވޯޑު" ދިނުމުގެ ހާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ކޮންމެ އަހަރަކުވެސް ފާހަގަކުރާ އިންޖިނިއަރިންގ ދުވަހަކީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހެވެ.

ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެވޯޑަށް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިންސާފުވެރިކަމާއެކު އިވެލުއޭޓް ކުރުމަށް އެކުލަވާލި ކޮމެޓީގެ ޗެއަރއަކަށް އެ ވުޒާރާގެ ފަރާތުން ހަމަޖައްސަވާފައިވަނީ ހުސައިން ޝިޔާމް ކަމަށެވެ.

ޗެއަރގެ އިތުރުން ދެން މި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  • ޑރ. ޔޫސުފް ނިޒާމް (އެކަޑެމިކް އިންސްޓިޓިއުޝަން / ފެކަލްޓީ އޮފް އިންޖިނިއަރިންގ)

  • މުހައްމަދު ސައިދު ސައީދު (ޕްރައިވެޓް ސެކްޓަރ)

  • ޑރ. އަހްމަދު ރަނޭޝް (ޕްރައިވެޓް ސެކްޓަރ)

  • ހަމްދޫން މުހައްމަދު (ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ ދާއިރާ)

  • އިސްމާއީލް އިބްރާހިމް (އިންޖިނިއަރިންގ ފަންނުގެ ޕްރޮފެޝަނަލް ބޮޑީއެއްގެ މަންދޫބު)

  • މުއާވިޔަތު ޝަރީފް (އިންޖިނިއަރިންގ ފަންނުގެ ޕްރޮފެޝަނަލް ބޮޑީއެއްގެ މަންދޫބު)

ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކުލަގަދަ ހަފްލާގައި، އިންޖިނިއަރިންގ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް ޖުމްލަ 10 ގިންތިއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Rate this article

Leave a Comment

Comments (0)