info@redhan.media

whiteLogo

32.45 C

navLogo

ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް ރައީސް ވަޑައިގަތުމަށް ފައްޔާޒު ގޮވާލައްވައިފި

ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް ރައީސް ވަޑައިގަތުމަށް ފައްޔާޒު ގޮވާލައްވައިފި
ޕޮޓޯ: ސޯސަލް މީޑިޔާ
މަރިޔަމް

ސަރުކާރުގެ ކެބިނެޓަށް އަންނަމުންދާ ކުއްލި ބަދަލުތަކާއި ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ.

ފައްޔާޒު މިކަމަށް ގޮވާލެއްވީ ސަރުކާރުގެ ހިންގުމުގެ ނިޒާމަށް އަންނަމުންދާ ބޮޑެތި ލޮޅުންތަކާ ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައެވެ. އޭނާ ވިދާޅުވީ މުޅި ކެބިނެޓް ފޭލްވަމުން ދިއުމަކީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، މިއީ ސަރުކާރުގެ ހަމަޖެހުމެއް ނެތްކަމާއި ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު އިންތިހާއަށް ކުޑަވަމުންދާކަމުގެ ސާފު ހެއްކެއް ކަމަށެވެ.

ގައުމުގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ސަރުކާރުގެ "ނާޤާބިލް" ސިޔާސަތުތައް ތަހައްމަލު ނުކުރެވޭނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ގައުމީ މަސްލަހަތު އިސްކުރައްވައި، ރައީސް މުއިއްޒު ހުރިހާ ސިޔާސީ ޕާޓީތަކެއް އެއް މޭޒަކަށް ގެންނަވަން ޖެހޭ ކަމަށެވެ. އަދި އިގްތިސާދީ ހަމަޖެހުމާއި ހިންގުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދޭނީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބަށްފަހު ސަރުކާރުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، މިއަދުގެ މިހާތަނަށް ނުވަ މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ދައުލަތުގެ ބައެއް ބޮޑެތި ކުންފުނިތަކުގެ ހިންގުމަށްވެސް ސަރުކާރުން ދަނީ ބަދަލުތައް ގެންނަމުންނެވެ.

މި ބަދަލުތަކާ ގުޅިގެން ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު، ގައުމުގެ އިގްތިސާދީ ކުރިމަގާ މެދު އާންމުންގެ މެދުގައިވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.

Rate this article

Leave a Comment

Comments (0)