info@redhan.media

whiteLogo

32.45 C

navLogo

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް 10 ރަށެއްގައި ނާސަރީ އެޅުމަށް އެހީ ދީފި

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް 10 ރަށެއްގައި ނާސަރީ އެޅުމަށް އެހީ ދީފި
ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
Redhan News Room

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމަށްޓަކައި، ރާއްޖޭގެ 10 ރަށެއްގައި ނާސަރީ އެޅުމަށް ބޭނުންވާ ގްރާންޓް އެހީ މިއަދު ދީފިއެވެ.

މިކަމަށްޓަކައި އެންވަޔަރަންމެޓް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ނާސަރީ އެޅުމަށް ހޮވުނު 10 ރަށުގެ ކައުންސިލްތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި ހިމެނޭ ރަށްތަކަކީ:

  • ހއ. ކެލާ

  • ށ. މިލަންދޫ

  • ނ. ކެނދިކުޅުދުޫ

  • ރ. އިންނަމާދޫ

  • ބ. މާޅޮސް

  • އއ. މަތިވެރި

  • މ. މުލައް

  • ތ. ކިނބިދޫ

  • ގއ. ދާންދޫ

  • ގދ. ތިނަދޫ ސިޓީ

މި އެއްބަސްވުމުގެ ދަށުން ނާސަރީ ތަރައްޤީ ކުރުމަށްޓަކައި ކޮންމެ ރަށަކަށް 500,000 (ފަސްލައްކަ) ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ސޮއިކުރާ ތާރީޚުން ފެށިގެން 7 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.

އެންވަޔަރަންމެޓް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މީގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މަޝްރޫޢު ހަރުދަނާކުރުމުގެ ގޮތުން ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ 'ގާޑަނިންގ' ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހު ފެށި މި ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ. އެގޮތުން މިހާތަނަށް 5.8 މިލިއަނަށްވުރެ ގިނަ އަހުދު ލިބިފައިވާއިރު، 1.6 މިލިއަނަށްވުރެ ގިނަ ގަސް މިހާރު ވަނީ އިންދާފައެވެ. މި ހިނގާ 2026 ވަނަ އަހަރުގެ އަމާޒަކީ އިތުރު 1 މިލިއަން ގަސް އިންދުމެވެ.

Rate this article

Leave a Comment

Comments (0)