info@redhan.media

whiteLogo

32.45 C

navLogo

ފުރަމޭގެ އެންޒައިމްތައް މަތިވުން ކުޑަކޮށްދޭ 5 ބާވަތެއްގެ މޭވާއާއި ތަރުކާރީ

ފުރަމޭގެ އެންޒައިމްތައް މަތިވުން ކުޑަކޮށްދޭ 5 ބާވަތެއްގެ މޭވާއާއި ތަރުކާރީ
ޕޮޓޯ: ސަޯސަލް މީޑިޔާ
Redhan News Room

ފުރަމޭއަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިންމު އެއް ގުނަވަނެވެ. ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމާއި، ކާނާ ހަޖަމުކުރުމަށް ބޭނުންވާ ބައިލް އުފެއްދުމަކީ ފުރަމޭގެ މައިގަނޑު މަސައްކަތްތަކެވެ. ފުރަމޭގެ އެންޒައިމްތައް މަތިވުމަކީ ފުރަމޭގެ ސެލްތަކަށް ގެއްލުންވަމުންދާކަމުގެ ނުވަތަ ފުރަމޭގެ މަސައްކަތްތަކަށް ބުރޫއަރަމުންދާކަމުގެ ނިޝާނެކެވެ. މިކަމަށް އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، ހެޕަޓައިޓިސް ނުވަތަ ސިރޯސިސް ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވެދާނެއެވެ. އެހެންކަމުން، ކަމާބެހޭ ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދައި، އަވަސް ފަރުވާ ހޯދުމަކީ ނުހަނު މުހިންމު ކަމެކެވެ.

ނިއުޓްރިހޯމް ނިއުޓްރިޝަން ސެންޓަރުގެ ކާނާއާބެހޭ މާހިރު، ޑރ. އެންގުޔެން އަންހް ދުއީ ޓަންގް ވިދާޅުވާ ގޮތުގައި، ސިއްހީ ގޮތުން ފައިދާހުރި ރަނގަޅު ކާނާގެ ނިޒާމަކީ ފުރަމޭގެ އެންޒައިމްތައް ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެވަކާޑޯ، ލޮނުމެދު އަދި ފެހިކަން ގަދަ ފަތުގެ ބާވަތްތަކަކީ ފުރަމޭގެ އެންޒައިމްތައް ދަށްކުރުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ. މީގެ ސަބަބަކީ މިތަކެތީގައި ގިނަ އަދަދަކަށް ފައިބަރާއި، ވިޓަމިންސް އަދި ދުޅަހެޔޮކަން އިތުރުކޮށްދޭ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވުމެވެ.

ތިރީގައި މިވަނީ ފުރަމޭގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ މައިގަނޑު ފަސް ބާވަތެކެވެ.

ސިޓްރަސްމޭވާ(ހުތްމޭވާ)އޮރެންޖު، ގްރޭޕްފްރުޓް އަދި ލުނބޯ ފަދަ ތަކެތީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ ފުރަމޭގެ ސެލްތައް ދުޅަވުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން މީގައި ހުންނަ ފައިބަރުގެ ސަބަބުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދީ، ފުރަމޭގެ މަސައްކަތްތަކަށް ލުއިކަން ގެނެސްދެއެވެ.

އެވަކާޑޯއެވަކާޑޯގައި ގިނަ އަދަދަކަށް އޮމެގާ-3 ފެޓީ އެސިޑްސް އެކުލެވިގެންވެއެވެ. މިއީ ކޮލެސްޓްރޯލް ކޮންޓްރޯލްކޮށް، ފުރަމޭގައި ސަރުބީ ޖެހުން ކުޑަކޮށްދޭ އެއްޗެކެވެ. އަދި މީގައި ހުންނަ ވިޓަމިން އީ އަކީ ފުރަމޭގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން ދިފާއުކޮށްދޭ ބާރުގަދަ މާއްދާއެކެވެ.

ބެރީސްބްލޫބެރީ، ސްޓްރޯބެރީ އަދި ފާނަސްމޭވާ ފަދަ ބެރީގެ ބާވަތްތަކުގައި ވިޓަމިން އޭ، ސީ އަދި އީ ގެ އިތުރުން ޕޮލިފެނޯލްސް އެކުލެވިގެންވެއެވެ. މިއީ ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، ފުރަމޭގެ ބަލިތައް އިތުރަށް ގޯސްވިޔަ ނުދީ ހިފަހައްޓައިދޭ މާއްދާތަކެކެވެ.

ލޮނުމެދުލޮނުމެދުގައި އެކުލެވޭ އެލިސިން އާއި ސަލްފާ ފަދަ މާއްދާތަކުގެ ސަބަބުން ފުރަމޭގައި ހުންނަ ސަރުބީ ވިރުވައިދިނުމަށް އެހީތެރިވެދެއެވެ. ފުރަމޭގައި ސަރުބީ ޖެހިގެން އެންޒައިމްތައް މަތިވެފައިވާ މީހުންނަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ލޮނުމެދު ބޭނުންކުރުމަކީ ވަރަށް ފައިދާހުރި ކަމެކެވެ.

ފެހިކަންގަދަފަތުގެބާވަތްތައް ކޮޕީފަތް އަދި ބޮކްޗޯއި ފަދަ ތަރުކާރީތަކަކީ ފުރަމޭގެ ސެލްތައް ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދިވެފައިވާ ތަކެއްޗެވެ. މީގައި ހުންނަ ފައިބަރާއި ވިޓަމިންތަކުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށާއި ފުރަމޭގެ އާންމު ސިއްހަތަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.

ޑރ. ޓަންގް އިތުރަށް އިރުޝާދު ދެއްވާ ގޮތުގައި، ދުވާލަކު 1.5 އާއި 2 ލީޓަރާ ދެމެދުގެ މިންވަރަކަށް ފެން ބުއިމަކީ ހަށިގަނޑުން ވިހަ ބޭރުކުރުމަށް މުހިންމު ކަމެކެވެ. މީގެ އިތުރުން، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ހަކުރާއި ސަރުބީ ގިނަ ކާނާއާ ދުރުހެލިވުމަކީ ފުރަމޭގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. އަދި ހެޕަޓައިޓިސް ވައިރަސްތަކުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީވެސް ފުރަމޭގެ ރައްކާތެރިކަމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.

Rate this article

Leave a Comment

Comments (0)