info@redhan.media

whiteLogo

32.45 C

navLogo

ގދ. ގައްދޫ ހޮސްޕިޓަލްގެ ސަބް ސްޓްރަކްޗަރަލް މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް

ގދ. ގައްދޫ ހޮސްޕިޓަލްގެ ސަބް ސްޓްރަކްޗަރަލް މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް
ޕޮޓޯ: އެމްޓީސީސީ
Redhan News Room

ގދ. ގައްދޫގައި ސަރުކާރުން ތަރައްޤީކުރާ އައު ހޮސްޕިޓަލްގެ ސަބް ސްޓްރަކްޗަރަލް މަސައްކަތްތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީއިން ބުނީ، ގައްދޫ ހޮސްޕިޓަލް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިމާރާތުގެ ބިންގަލާއި އޮނިގަނޑުގެ ވަރުގަދަކުރުމަށް ކުރަންޖެހޭ ސަބް ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގައި ހިމެނެނީ:

  • 30 އެނދުގެ ޖާގައިގެ ހަތަރު ފަންގިފިލާގެ މައި ހޮސްޕިޓަލް އިމާރާތް ބިނާކުރުން.

  • 2563 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ ސާވިސް ބްލޮކެއް އިމާރާތްކުރުން.

  • 3573 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެކޮމަޑޭޝަން ބްލޮކެއް ބިނާކުރުން.

ޖުމްލަ 101.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ގައްދޫއާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ފެށިފައިވާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. މި ހޮސްޕިޓަލް ނިމުމުން ގައްދޫގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ސިއްހީ ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

Rate this article

Leave a Comment

Comments (0)