info@redhan.media

whiteLogo

32.45 C

navLogo

ގެއްލިގެން ހޯދި 56 އަހަރުގެ މީހާ ފެނިއްޖެ

ގެއްލިގެން ހޯދި 56 އަހަރުގެ މީހާ ފެނިއްޖެ
ޕޮޓޯ: ސޯސަލް މީޑިޔާ
Redhan News Room

ގެއްލިގެން ހޯދި ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި ގެއްލިގެން ހޯދީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ. މި މީހާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:06 ހާއިރެވެ.

އެ ރިޕޯޓާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަގުތުން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުންނާއި އާއިލާ ގުޅިގެން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

Rate this article

Leave a Comment

Comments (0)