ސްޓެލްކޯގެ މުވައްޒަފުންގެ ހެލްތް ސްކްރީނިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ދުޅަހެޔޮ ދިރިއުޅުމާއި ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކޮށް، މުވައްޒަފުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން އިއްޔެ އެ ކުންފުނީގައި ހެލްތު ސްކްރީނިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހަރަކާތުގެ ތެރެއިން އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ހެލްތު ސްކްރީނިންގ ހަދައި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މައުލޫމާތު ހޯދާފައި ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން އަބަދުވެސް އެ ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަމާއި އުފާވެރިކަމަށް ހާއްސަ ސަމާލުކަމެއްދެއެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތަކަށް ފަހިވާނެ އެކި ހަރަކާތްތައް ހިންގައެވެ. އަދި މުވައްޒަފުންގެ ހިތްހަމަޖެހުމަށް އެކި ހަރަކާތްތައް ހިންގައެވެ.