info@redhan.media

whiteLogo

32.45 C

navLogo

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި
ފޮޓޯ: ސޯސަލްމީޑިއާ
Redhan News Room

ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުން ނުވަ ގޮޅިއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ. މި މަރުޙަލާގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ގޮޅިތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހުޅުވާލާފައިވަނީ އޮކްޓޫބަރު 13 ވާ އަންގާރަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން، އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:30 ގެ ނިޔަލަށެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެނީ އެޗްޑީސީގެ ވެބްސައިޓް (https://www.hdc.mv/sales/application-forms) މެދުވެރިކޮށެވެ.

ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން ތާވަލުކޮށްފައިވަނީ ނޮވެމްބަރު 18 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށެވެ. މި ގުރުއަތުލުން ކުރިއަށްދާނީ ހުޅުމާލޭގައި ހުންނަ އެޗްޑީސީ އޮފީސް އިމާރާތުގެ ހުޅަނގު ފަރާތުގައި، އެ އިމާރާތާއި ފްލެޓް 12 އާ ދެމެދު ޖަހާފައިވާ ޓެންޓުގައެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ކަރުދާސް އެޗްޑީސީގެ ރަސްމީ ވެބްސައިޓް (https://www.hdc.mv) އަދި ޕްރޮޕަޓީސް ޕޯޓަލް (https://properties.hdc.mv) މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

Rate this article

Leave a Comment

Comments (0)