info@redhan.media

whiteLogo

32.45 C

navLogo

ތާރީހީ ދުވަހެެއް: މާލޭގެ 26 މިސްކިތެއްގައި މާދަމާ އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން

ތާރީހީ ދުވަހެެއް: މާލޭގެ 26 މިސްކިތެއްގައި މާދަމާ އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން
އިމާމުގެ ހުކުރު ކުރައްވާ ބައެއް ޚަތީބުން
މަރިޔަމް

މާދަމާ މާލޭގެ 26 މިސްކިތެއްގައި ހުތުބާދީ އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ޒުވާން ޚަތީބުން އެއް ފަހަރާ މާލޭގެ މިސްކިތްތަކުގައި ހުކުރު ކުރާ ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ މާދަމާ އަކީ ވަރަށް އުފާވެރި އެހާމެ ތާރީހީ ދުވަހެއް ކަމަށެވެ. މާދަމާގެ ހުކުރު ނަމާދަށް މާލެ ސިޓީގެ 26 މިސްކިތެއްގައި ޒުވާން ޚަތީބުން އިމާމުވެ ހަރަކާތްތެރިވާނެކަން މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ.

ޒުވާން ޚަތީބުން ހުކުރު ކުރާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ އެންމެ ބޮޑެތި އަދި މުހިންމު މިސްކިތްތައް ހިމެނެއެވެ. އެގޮތުން:

  • އިސްލާމީ މަރުކަޒުގައި ހުކުރު ކުރާނީ އަލްޙާފިޒް އަބްދުالله ބިން އިމްޖާދު އެވެ.

  • ސަލްމާން މިސްކިތުގައި ހުކުރު ކުރާނީ އަލްޙާފިޒް މުހައްމަދު ހަނޫން ހުސައިން އެވެ.

މިއީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ޒުވާން ޚަތީބަކު އިމާމުވެ ހުކުރު ކުރާ ތާރީހީ ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ ޚަތީބުންނަކީ ވެސް އިލްމީ ގޮތުން ގާބިލު އަދި ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ޒުވާނުންނެވެ. މި ފުރުސަތު ދިނުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ ލީޑާޝިޕް ބަލައިގަންނަކަން ހާމަކުރުމާއި، އިސްލާމީ ޚިދުމަތުގައި ޒުވާނުންނަށް އޮތް ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާން ޖީލު ބިނާކުރެއްވުމަށް ފެއްޓެވި މުހިންމު މަސައްކަތްޕުޅަށް ބާރު ދިނުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މިހާތަނަށް ތިން ބުރެއްގެ މަތީން ޚާއްސަ ޕްރަގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރަގްރާމްތަކުގެ ދަށުން މިހާތަނަށް 503 ޚަތީބުން ތަމްރީނު ކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ޖުމްލަ 500 ޒުވާން ޚަތީބުން ތަމްރީނު ކުރުމެވެ.

މިހާރުވެސް މާލެއާއި އަތޮޅުތަކުގެ އެކި މިސްކިތްތަކުގައި ޒުވާން ޚަތީބުން ދަނީ އިމާމުވެ ނަމާދު ކުރުމާއި، ހުކުރު ޚުތުބާ ދިނުމުގެ އިތުރުން ތަރާވީޙު ނަމާދު އިމާމުވެ ކުރުމުގައިވެސް ނަމޫނާ ދައްކަމުންނެވެ.

Rate this article

Leave a Comment

Comments (0)