info@redhan.media

whiteLogo

32.45 C

navLogo

ޖަމްޢިއްޔަތުއް ސަލަފުން ރަމަޟާން މަހަށް ގިނަ ހަރަކާތްތަކެއް: ބައިވެރިވުމުގެ ފުރުސަތު

ޖަމްޢިއްޔަތުއް ސަލަފުން ރަމަޟާން މަހަށް ގިނަ ހަރަކާތްތަކެއް: ބައިވެރިވުމުގެ ފުރުސަތު
ސަލަފް ރޯދަ ހަދިޔާ 101 ގެ ތެރެއިން : ފޮޓޯ/ ސަލަފް
މަރިޔަމް

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ގިނަގުނަ ހަރަކާތްތަކެއް ފަށައިގެން ކުރިއަށްދާ ކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ. ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަސް ނިމިގެންދިޔައިރު، މި ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ސަލަފު ރޯދަ ހަދިޔާ" އިވެންޓަކީ މިއަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. 4,000 އަށް ވުރެ ގިނަ މީހުން އަމަލީ ގޮތުން ބައިވެރިވި މި އިވެންޓުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ޙައްޖު ދަތުރެކެވެ. މީގެ އިތުރުން ސައިކަލަކާއި، ޢުމުރާ ދަތުރެއް ހިމެނޭހެން އަގުހުރި 9 އިނާމެއް ވަނީ ދީފައެވެ. އޮންލައިންކޮށް ބައިވެރިވި 15,000 މީހުންގެ މެދުގައިވެސް 90 ހަދިޔާއެއް ބަހާފައިވާއިރު، މި އިވެންޓުގައި އިލްމުވެރިންގެ ޕެނަލަކުން ދީނީ ސުވާލުތަކަށް ޖަވާބު ދިނުންވެސް ކުރިއަށް ދިޔައެވެ.

އިޖުތިމާޢީއެހީތެރިކަން:"ވާބިލު"އަދި"ހަދާޔާ"ނިކަމެތި އާއިލާތަކަށް އެހީވުމަށް ހިންގާ "ވާބިލު" ޕްރޮގްރާމުގެ ދަށުން މިއަހަރު މިހާތަނަށް 61 އާއިލާއަކަށް ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރިކުރެވޭނެ ވައުޗަރު ވަނީ ހަދިޔާކޮށްފައެވެ. ހަމައެއާއެކު، ހޮސްޕިޓަލްތަކުގައި ތިއްބަވާ މުވައްޒަފުންނާއި ބަލިމީހުންގެ އެހީތެރިންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ހިންގާ "ހަދާޔާ" ޕްރޮގްރާމުގެ ދަށުން، ފުރަތަމަ ދިހަ ދުވަހު އައި.ޖީ.އެމް.އެޗް ގައި 3,650 ޕެކް އަދި ހުޅުމާލެ ހޮސްޕިޓަލުގައި 2,100 ޕެކް ވަނީ ބަހާފައެވެ. މިއަހަރު އަލަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް މި ޚިދުމަތް ވަނީ ފަށާފައެވެ.

މިސްކިތުސުފުރާއަދިދަރުސްތައްމާލޭގެ އިސްލާމީ މަރުކަޒާއި ހުޅުމާލޭގެ މަސްޖިދު އަބޫބަކުރު އައްޞިއްދީޤުގައި ކޮންމެ ދުވަހަކު ރޯދަ ސުފުރާ އަންނަނީ ބާއްވަމުންނެވެ. މިގޮތުން އިސްލާމީ މަރުކަޒުގައި ދުވާލަކު 400 މީހުންނަށް އަދި ހުޅުމާލޭގައި 50 އަށް ވުރެ ގިނަ މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދެއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފުރުޤާން މިސްކިތުގައި "ދުޢާ" މި މައުޟޫޢަށް ޢަޞްރު ނަމާދަށްފަހު ސިލްސިލާ ދަރުސްތައް ބާއްވަމުންދާތާ މިހާރު 11 އަހަރު ވެފައިވާއިރު، ހުޅުމާލެ މަސްޖިދު ރަޝީދުގައިވެސް ދަރުސްތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ 17 ރަށެއްގައި "ސަލަފު ހަފްތާ ބަންދު ދަރުސް" ޕްރޮގްރާމް މިހާތަނަށް ވަނީ ހިންގާފައެވެ.

ޒުވާނުންނާއިބިދޭސީންނަށްޚާއްޞަހަރަކާތްތައްމީސްމީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު "ސަލަފު ރޯދަ ސުވާލު" މުބާރާތް ކުރިއަށްދާއިރު، މަދަރުސާ ކުދިންނަށް ޚާއްޞަކޮށްގެން "ޑޯން އެންޑް ޑަސްކް" ކުއިޒްވެސް ކުރިއަށްދެއެވެ. މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ޚާއްޞަކޮށްގެން ބަންގާޅު ބަހުން ދަރުސް ދިނުމަށް އެ ގައުމުގެ އިލްމުވެރިއަކު ގެނެސްގެން ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސްތައް އަންނަނީ ބާއްވަމުންނެވެ.

ޖަމްޢިއްޔަތުއް ސަލަފުން މަޢުލޫމާތު ދޭ ގޮތުގައި، މި ހުރިހާ ހަރަކާތްތަކަކީވެސް ދީލަތި ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މި ހަރަކާތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

Rate this article

Leave a Comment

Comments (0)