info@redhan.media

whiteLogo

32.45 C

navLogo

ލާމު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ފަރުވާދޭން ފަށައިފި

ލާމު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ފަރުވާދޭން ފަށައިފި
ޕޮޓޯ: ސޯޝަލް މީޑިޔާ
މަރިޔަމް

ލ. ގަމު ތުނޑީ ލިންކް ރޯޑުގައި މިރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ގަމު ތުނޑީ ލިންކް ރޯޑުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 21:36 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެ ސައިކަލްތަކުގައި ތިބި އަންހެނަކަށާއި ފިރިހެނަކަށެވެ.

އެކްސިޑެންޓްވި ދެ މީހުންނަށް ލިބުނު އަނިޔާތަކަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ލާމު ލިންކް ރޯޑަކީ އާންމުކޮށް ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ މަގަކަށްވުމާއެކު، އެ މަގުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަނީ އިތުރުވެފައެވެ. އެހެންކަމުން މަގު ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

Rate this article

Leave a Comment

Comments (0)