info@redhan.media

whiteLogo

32.45 C

navLogo

ހދ. ހޮނޑާފުށި ކައިރިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ، ހާލު ރަނގަޅު

ހދ. ހޮނޑާފުށި ކައިރިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ، ހާލު ރަނގަޅު
ޕޮޓޯ: ސޯސަލް މީޑިޔާ
Redhan News Room

ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހަކު، އެ ރަށުގެ ގޮނޑުދޮށުން ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދެއްވި ގޮތުގައި، ގެއްލިގެން ހޯދާފައިވަނީ "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން އެންވެރިކަން ކުރަން އުޅުނު މީހެކެވެ. މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ވަގުތުން އެ މީހާ ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ.

ކޯސްޓްގާޑުން ބުނި ގޮތުގައި، ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ. އޭނާ ފެނިފައިވަނީ އެ މީހާ ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ އާންމުންގެ ޑިންގީއަކަށެވެ.

އެ މީހާ ފެނުމާއެކު، އަވަސް ސިއްހީ ފަރުވާ ދިނުމަށްޓަކައި ހެނދުނު 05:59 ހާއިރު ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ވަނީ އެ މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރަށް، އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދެއްވި ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

Rate this article

Leave a Comment

Comments (0)