info@redhan.media

whiteLogo

32.45 C

navLogo

ބެލެނިވެރިންނަށް ފުލުހުންގެ އިލްތިމާސް: ދަރިން ރޭގަނޑު ގިނަ ވަގުތު ހޭދަކުރަނީ ކޮންބަޔަކާ އެކީތޯ ބަލާށޭ!

ބެލެނިވެރިންނަށް ފުލުހުންގެ އިލްތިމާސް: ދަރިން ރޭގަނޑު ގިނަ ވަގުތު ހޭދަކުރަނީ ކޮންބަޔަކާ އެކީތޯ ބަލާށޭ!
ޕޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
މަރިޔަމް

ކުޑަކުދިން ރޭގަނޑު ގިނަ ވަގުތު ހޭދަކުރަނީ ކޮންބަޔަކާ އެކީތޯ ބެލެނިވެރިން ގާތުން ބަލަން ޖެހޭ ކަމަށް ބުނެ، ދިވެހި ފުލުހުންގެ ޚިދުމަތުން ބެލެނިވެރިންނަށް ބޮޑު އިލްތިމާސެއް ކޮށްފިއެވެ. ކުށްކުރާ ފަރާތްތަކާ އެކީ ކުޑަކުދިން ގިނައިން ފެންނަމުންދާތީ، މިކަމުގެ ނުރައްކަލާ މެދު ބެލެނިވެރިން ހޭލުންތެރިވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Loading tweet...

މި އިލްތިމާސް ކޮށްފައިވަނީ، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ އިސްވެރިޔާ، ސުޕްރިޑެންޓެންޓް އޮފް ޕޮލިސް، އިސްހާގް އާދަމް ވަނީ، ކުށްތައް ކުރާ މީހުންނާއި އެކީ ކުޑަކުދިން ފެންނަ މަންޒަރު ގިނަކަން ފާހަގަ ކުރައްވާފައެވެ.

އިސްހާގު ވިދާޅުވީ، އެފަދަ މަންޒަރު ގިނައިން ފެނުމަކީ ނުރައްކަލެއް ކަމަށާއި، ބެލެނިވެރިން، ދަރިން ވަގުތު ހޭދަކުރަނީ ކޮންބަޔަކާ އެކީތޯ ބަލަން ޖެހޭ ކަމަށެވެ. އެކަން އެގޮތަށް ނުބެލޭނަމަ، ހިތާމަވެރި ހާދިސ

Rate this article

Leave a Comment

Comments (0)