info@redhan.media

whiteLogo

32.45 C

navLogo

ޑިމާންޑު ބޮޑުވެ، މޯލްޑިވިއަނުން ޖިއްދާއަށް އިތުރު ދަތުރުތަކެއް

ޑިމާންޑު ބޮޑުވެ، މޯލްޑިވިއަނުން ޖިއްދާއަށް އިތުރު ދަތުރުތަކެއް
ޕޮޓޯ: ޝޯސަލް މީޑިޔާ
މަރިޔަމް

ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން ޢުމްރާގެ އަޅުކަން އަދާކުރާ މީހުނަށް އަމާޒުކޮށްގެން ފެށި ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބި، ޑިމާންޑު އިތުރުވެފައިވާތީ، ޖިއްދާއަށް އިތުރު ދަތުރުތަކެއް ޝެޑިއުލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ. މިގޮތުން 20 އަށްވުރެ ގިނަ ފްލައިޓް ޝެޑިއުލްކުރެވޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ސީދާ ދަތުރުތަކެއް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މި ދަތުރުތައް ހަމަޖައްސާފައިވަނީ ސްކޫލް ބަންދާ ދިމާކޮށް ޢުމްރާއަށްދާ ފަރާތްތަކަށް އަމާޒުކޮށެވެ. މީގެ ސަބަބުން ދަތުރުވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ފާހަގަކުރެއެވެ.

މާލެއިން ޖިއްދާއަށް ތިން ފްލައިޓެއް އޮޕަރޭޓްކުރާއިރު، މި ދަތުރުތައް ފަށާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ޖިއްދާއިން މާލެއަށް އައުމަށް ތިން ފްލައިޓެއް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 10، 11 އަދި 12 ވަނަ ދުވަހުކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ޢުމްރާއަށްދާ ފަރާތްތަކުގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން، އިތުރު ފްލައިޓްތައް ޝެޑިއުލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިގޮތުން 20 އަށްވުރެ ގިނަ ފްލައިޓް ޝެޑިއުލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަނުން މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން، މޯލްޑިވިއަނުން ދަތުރުކުރާ އިތުރު މަންޒިލުތަކުގެ ފްލައިޓުތައްވެސް އިތުރުކުރަމުންދާކަމަށް އެއަރލައިނުން ހާމަކުރިއެވެ.

މި ޝެޑިއުލްގެ ސަބަބުން ޢުމްރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި މައްކާގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ދަތުރުވެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްކޫލް ބަންދާ ދިމާކޮށް މި ދަތުރުތައް ހަމަޖައްސާފައިވުމުން، އާއިލާތަކަށް އެއްކޮށް ދަތުރުކުރުން އިތުރަށް ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. ޢުމްރާއަށް ޚާއްސަ ދަތުރުތަކުގެ އިތުރުން، މޯލްޑިވިއަނުން މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީން ގެންދިއުމަށް ސަޢޫދީއަށް 2 ދަތުރުކޮށްފައެވެ.

މޯލްޑިވިއަންއިން ޢުމްރާ ދަތުރުތައް ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައިއެވެ. މި ދަތުރުތަކުގައި މޯލްޑިވިއަނުން ބޭނުންކުރަނީ ވައިޑް-ބޮޑީ މަތިންދާބޯޓެވެ.

Rate this article

Leave a Comment

Comments (0)