info@redhan.media

whiteLogo

32.45 C

navLogo

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ޚާއްޞަ މަސައްކަތްތަކެއް ފަށައިފި

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ޚާއްޞަ މަސައްކަތްތަކެއް ފަށައިފި
ޕޮޓޯ: ރެދަން އޮންލައިން
މަރިޔަމް

މާލެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފިއެވެ. މި މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޚާއްޞަ ހަރަކާތްތަކެއް ހިންގާފައެވެ.

ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި، ކުށްކުރާ ފަރާތްތައް ގިނައިން އެއްވެއުޅޭ "ހޮޓްސްޕޮޓްސް" ތަކުގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް ބަލައި ފާސްކުރުމަށް އިސްކަންދީފައިވެއެވެ. އެގޮތުން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އެފަދަ ސަރަހައްދުތައް 364 ފަހަރު ބަލައިފާސްކޮށް، ޝައްކުކުރެވޭ ފަރާތްތަކާ ސުވާލުކޮށް 68 އިންޓަރެކްޝަން ހަދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Loading tweet...

މީގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ގަވާއިދުތަކަށް ބޯލެނބުން އިތުރުކުރުމުގެ ގޮތުން ހިންގި ހަރަކާތްތަކުގެ ތެރޭގައި 8 އުޅަނދެއް ހުއްޓުވައި ޗެކްކޮށްފައިވެއެވެ. މީގެ ތެރެއިން ގަވާއިދާ ޚިލާފަށް ހުރި 5 އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މާލެ އަދި ހުޅުމާލޭގެ މަގުތަކަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުން އަންނަނީ ފައިމަގުގައި ޕެޓްރޯލްކޮށް މަގުތައް ބަލަހައްޓަމުންނެވެ. އެގޮތުން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ޖުމްލަ 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ވަނީ ފުޓްޕެޓްރޯލް ކޮށްފައެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އިސްކަމުގެ ދަށުން، މާލެ ސަރަހައްދުގައި ކުށްކުރުން މަދުކޮށް، އާންމު ރައްޔިތުންނަށް ބިރުވެރިކަމެއް ނެތި އުޅެވޭނެ މާހައުލެއް ގާއިމުކުރުމަށް ފުލުހުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

Rate this article

Leave a Comment

Comments (0)