info@redhan.media

whiteLogo

32.45 C

navLogo

މިހުރީ ބްރެޒިލްއާ ދެކޮޅަށް ކުޅޭ ހިތްވެފައި: ޗެތްރީ

މިހުރީ ބްރެޒިލްއާ ދެކޮޅަށް ކުޅޭ ހިތްވެފައި: ޗެތްރީ
ޕޮޓޯ: ސޯސަލް މީޑިޔާ
Redhan News Room

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ބްރެޒިލްގެ ގައުމީ ޓީމާ ދެކޮޅަށް އަންނަ އޮކްޓޫބަރު މަހު އިންޑިއާ ކުޅޭ ތާރީޚީ މެޗު ނުކުޅެ ބަލަން އިންނަން ޖެހޭތީ އެކަމާ ހަސަދަވެރިވާ (ޖެލަސްވާ) ކަމަށް އިންޑިއާގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތްރީ ބުނެފިއެވެ.

ދާދި ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރި ނަމަވެސް، ކުލަބު ފެންވަރުގައި އަދިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނާތީ މި މެޗުގައި ކުޅުމުގެ ފުރުސަތު އުމުރުން 42 އަހަރުގެ ޗެތްރީއަށް އެބައޮތެވެ. ގައުމީ ޓީމަށް ކުޅެދިން 157 މެޗުން 95 ލަނޑު ޖަހައިދީފައިވާ ލެޖެންޑަރީ ފޯވާޑަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ދޭން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން އޮތީ މަރުހަބާ ކިޔުމަށް ތައްޔާރަށެވެ. ނަމަވެސް ޗެތްރީ ވަނީ އަލުން ގައުމީ ޖާޒީގައި ފެނުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ.

"އަހަރެން ވަރަށް ޖެލަސްވޭ މިކަމާ. އަހަރެންނަކީ މިހާރު ސަޕޯޓަރެއް. އެކަމަކު ބްރެޒިލް މެޗު ކުޅުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް. މިއީ ހަޔާތުގައި އެއް ފަހަރު ނޫނީ ނުލިބިދާނެ ފުރުސަތެއް. އަހަރެން ޖެލަސްވަނީ މިހެންވެ،" މެޗުގައި ބައިވެރިނުވެވޭތީ ހުރި ހިތާމަ ފާޅުކުރަމުން ޗެތްރީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، "އެކަމަކު އަހަރެން ދެކޭ ގޮތުގައި ގައުމީ ޓީމަށް އަހަރެން ކުޅުނު 24 ނުވަތަ 26 އަހަރު ތެރޭގައި އަހަރެންނަށް ހިދުމަތް ދެވިއްޖެ. އަލުން އައުމުގެ ވިސްނުމެއް ނެތް،" ކަމަށެވެ.

ބްރެޒިލް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު އެންމެ މުހިންމު ކަމަކީ ހުރިހާ ކުޅުންތެރިންގެ ފިޓްނަސް އެންމެ މަތީ ދަރަޖައިގައި ހުރުން ކަމަށް ޗެތްރީ ފާހަގަކުރިއެވެ. އަދި ކޯޗު ކުޅުންތެރިން މި މެޗަށް އެންމެ ފުރިހަމައަށް ތައްޔާރުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، މިފަދަ މެޗެއްގައި ރަނގަޅު ނަތީޖާއެއް ނެރެވޭނީ ޓީމުގެ ފިޒިކަލް ފިޓްނަސް ވަރުގަދަވެގެން ކަމަށްވެސް އޭނާ ބުންޏެވެ.

އަންނަ އޮކްޓޫބަރު މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މެޗުތަކުގެ ތެރޭގައި، ބްރެޒިލްގެ އިތުރުން ދެކުނު އެމެރިކާގެ ވަރުގަދަ ބާރެއް ކަމަށްވާ އުރުގުއޭ އަދި ޕެނަމާ ވެސް އިންޑިއާއާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

Rate this article

Leave a Comment

Comments (0)