ޝެފް ސަންޖީވް ކަޕޫރުގެ ކުއިކް އެންޑް ހެލްތީ މިކްސްޑް ސްޕްރައުޓްސް ފަލަފެލް ރެސިޕީ އަކީ އާ ފޭވަރިޓް ޗީޓް މީލްއަކަށް ވެދާނެ އެވެ.
ބޭނުންވާ ތަކެތި:
މިކްސްޑް ސްޕްރައުޓްސްފަތާއެކު ސްޕްރިންގް އަނިއަންޕާސްލީ ފަތްކޮތަންބަރު ފަތްރީނދޫ ލޮނުމެދު (ބާރީކޮށް ކޮށާފައި)ބްރެޑް ކްރަމްބްސްރަހަ (ލޮނު، ކަރާ، ކަޅު މިރުސް، ރަތް މިރުސް)ބޭކިންގ ސޯޑާތެޔޮ (ފްރައި ކުރުމަށް)
https://www.instagram.com/reel/DMZo7O3sjRg/?utm_source=ig_web_copy_link
ތައްޔާރުކުރާނެ ގޮތް:
1. ބޮޑު ތަށްޓެއްގައި މިކްސްޑް ސްޕްރައުޓްސް އަޅާށެވެ. އޭގެ ތެރެއަށް ބާރީކޮށް ކޮށާފައިވާ ސްޕްރިންގް އަނިއަން، ޕާސްލީ އަދި ކޮތަންބަރު ފަތް އަޅާށެވެ. ބްލެންޑަރ އެއް ބޭނުންކޮށްގެން ރަނގަޅަށް ބްލެންޑް ކުރާށެވެ.
2. ދެތިން ފަހަރު ބްލެންޑް ކުރުމަށްފަހު، ބާރީކޮށް ކޮށާފައިވާ ރީނދޫ ލޮނުމެދު އަދި ހުރިހާ ރަހަތައް އަޅާށެވެ. އަނެއްކާވެސް އެއްފަހަރު ބްލެންޑް ކޮށްލާށެވެ. މިގޮތަށް ބްލެންޑް ކުރާއިރު ރަނގަޅަށް މުގުރެވި، ބާރީކުވެފައިވާކަން ކަށަވަރު ކުރާށެވެ.
3. ދެން މި މިކްސްޗަރ ތަށްޓަކަށް އަޅާށެވެ. އޭގެ ތެރެއަށް ކުޑަ އަތްތިލައެއްވަރު ބޭކިންގ ސޯޑާ އަދި ބްރެޑް ކްރަމްބްސް އަޅާށެވެ. މިއީ މިކްސްޗަރ ރަނގަޅަށް ބަނދެވުމަށް އެހީވެދޭނެއެވެ.
4. މި މިކްސްޗަރ އިން ކުދި ބައިތަކަކަށް ބަހާލާފައި، އަތުން ބޯޅަ ގޮތަށް ހަދާށެވެ. ދެން މި ބޯޅަތައް ތެލުގައި ފްރައި ކުރާށެވެ. ބޭރުން ރަން ވަރަށް ރީތިކޮށް ފެހިވެ، އެތެރެ ރަނގަޅަށް ކެއްކެންދެން ފްރައި ކުރާށެވެ. ހޫނުކޮށް ސަރވް ކުރާށެވެ.