info@redhan.media

whiteLogo

32.45 C

navLogo

ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި
ޕޮޓޯ: ޕީއެސްއެމް ނިއުސް
Redhan News Room

މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް "ކުރިމަގު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ، އެމްއެންޑީއެފް ކޯސްޓްގާޑުންނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:31 އެހާކަންހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ "ކުރިމަގު" ދޯނި މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށްޓަކައި ޓީޖެޓީން ނުކުތް ވަގުތު ދޯނި ދިޔަވާން ފެށުމުންނެވެ. ދޯނި އަޑިއަށް ދާން ފަށާފައިވަނީ ދިޔަވާކަން އެނގުމުން އަނބުރާ ބަނދަރަށް ވަތް ފަހުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއްވައެވެ. އަދި މިހާރު އެމްއެންޑީއެފްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިތުރުން ދޯނީގެ ވެރިފަރާތް ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

Rate this article

Leave a Comment

Comments (0)