hello@support.com

whiteLogo

32.45 C

navLogo

އޮކްޓޯބަރު 3، ގެ މުޒާހަރާގައި ހުރިހާ ރައްޔިތުން ބައިވެރިވާން ނަޝީދު ގޮވާލައްވައިފި

އޮކްޓޯބަރު 3، ގެ މުޒާހަރާގައި ހުރިހާ ރައްޔިތުން ބައިވެރިވާން ނަޝީދު ގޮވާލައްވައިފި
media
މަރިޔަމް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު "ލޫޓުވައިފި" ކަމަށް ބުނެ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ އެއްވުމަކީ ވަކި ޕާޓީއެއްގެ ހަރަކާތެއް ކަމަށް ނުބަލައި ހުރިހާ ރައްޔިތުން އެ އެއްވުމުގައި ބައިވެރިވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދުގެ ވިދާޅުވީ، މިއީ ވަކި ޕާޓީއެއްގެ ހަރަކާތެއްގެ ގޮތުގައި ދެކެން ނުޖެހޭ ކަމަށެވެ.

"އޮކްޓޯބަރު 3، ގެ މުޒާހަރާ އަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭ. އެއީ ކޮރަޕްޝަނާއި ދެކޮޅު ހުރިހާ އެންމެން ބައިވެރިވުން ރަނގަޅު މުޒާހަރާއެއް،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެ އެވެ.

ހުކުރު ދުވަހުގެ އެއްވުމަށް ނަޝީދު ދައުވަތު ދީފައިވާއިރު، އެ އެއްވުމަށް އެމްޑީީޕީން ދަނީ ދުރާލައި ތައްޔާރުވަމުންނެވެ. އެގޮތުން އެއްވުމަށް ރަށްރަށުން މީހުން ގެނައުމުގެ މަސައްކަތްތައް ވެސް އެ ޕާޓީން ދަނީ ކުރަމުންނެވެ.

މި އެއްވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ މާލޭގެ މަގުތައް ފުރާލާނެ ކަމަށް އެމްޑީޕީގެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ޓިނު ޖަހައި ބަންދުކުރިޔަސް ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް،" މަރާމާތު ކުރަން ކަމަށް ބުނެ މިހާރު ބަންދުކޮށްފައިވާ ޖުމްހޫރީ މައިދާނަށް ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބު ހުރި ކަމަށް އިޝާރާތް ކުރައްވައި ފައްޔާޒު ލިޔުއްވި އެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356
hello@support.com