info@redhan.media

whiteLogo

32.45 C

navLogo

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ޕޮޓޯ: ރައީސް އޮފީސް
Redhan News Room

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަދު ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމްޢިއްޔާއަކަށް ވަނީ އަރުވާފައެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ވަނީ އަރުވާފައެވެ.

ޝަރަފުވެރިކަމުގެޤައުމީއިނާމުލިބިވަޑައިގެންނެވިފަރާތްތައް:

  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުޙައްމަދު ޢާމިރު އަޙްމަދު (ފީރޯޒްވާދީ، ގދ. ފަރެސްމާތޮޑާ)

  • އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: އިބްރާހީމް ރަޝީދު (ވ. ވަސްމީރުފިޔަ)

  • ޞިއްޙީ ދާއިރާއިން: ސޮސައިޓީ ފޮރ ހެލްތި އެޑިޔުކޭޝަން (ޝީ)

  • ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ނަޖުމާ ޙުސައިން (ގ. ނޫރީފެހި)

ހިތްވަރުދިނުމުގެޤައުމީއިނާމުލިބިވަޑައިގެންނެވިފަރާތްތައް:

  • އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ ޢިލްމުގެ ދާއިރާއިން: އަލްއުސްތާޛާ ޙައްވާ ލަޠީފް (ގއ. ދާންދޫ)

  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުޙައްމަދު ނަޞީރު (ހދ. ވައިކަރަދޫ)

  • ދިވެހި ތާރީޚުގެ ދާއިރާއިން: ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު

  • ޞިއްޙީ ދާއިރާއިން: މުޙައްމަދު އަޙްމަދު (ހުޅުމާލެ)

  • އިމާރާތްކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

  • މުއާޞަލާތާއި އައިޓީ ދާއިރާއިން: އަރުޝަދު އަޙްމަދު (ހއ. އުލިގަން)

  • ކުޅިވަރުގެ ދާއިރާއިން: ޢާއިޝަތު ނައުރާ (ހ. ސީޓް)

  • ވިޜުއަލް އާޓްސްގެ ދާއިރާއިން: އިސްމާޢީލް ޢަބްދުލްޣަފޫރު (ހ. އަރިހިޔާ)

މީގެއިތުރުން، މި ޖަލްސާގައި ވަނީ އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު އަރުވާފައެވެ. އަދި އުތީމުގައި ޖެހިޖެހިގެން ދެ އަހަރު ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކޮށްދެއްވުމާ ގުޅިގެން، އުތީމު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ އިނާމުގެ ގޮތުގައި ޝަރަފުގެ އައްޑަނައާއި، ބެޖާއި، ހަނދާނީ ލިޔުން ދެއްވިއިރު، ހިތްވަރު ދިނުމުގެ އިނާމުގެ ގޮތުގައި ދެއްވީ ހަނދާނީ ފިލައާއި ހަނދާނީ ލިޔުމެވެ.

Rate this article

Leave a Comment

Comments (0)