info@redhan.media

whiteLogo

32.45 C

navLogo

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިއާ އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިއާ އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޕޮޓޯ: ރެދަން އޮންލައިން
މަރިޔަމް

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ހާލިދާ ޒިއާ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ އަވަހާރަވެފައިވަނީ ވަރަށްގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު މިއަދު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހޮސްޕިޓަލެއްގައެވެ.

ހާލިދާ ޒިއާ އަވަހާރަވެއްޖެކަން ބަންގްލަދޭޝްގެ ޤައުމީ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ބަންގްލަދޭޝްގެ ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން މީގެ އިރުކޮޅެއްކުރިން ނެރުނު ބަޔާނުގައިވެސް ވަނީ އެކަމަނާ އަވަހާރަވެއްޖެކަމަށެވެ.

މި ހިތާމަވެރި ޚަބަރާއި ގުޅިގެން ރައީސް މުޢިއްޒު ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ފުން ތައުޒިޔާ ވިދާޅުވެފައެވެ. އަދި މަރުޙޫމާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

ހާލިދާ ޒިއާ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ. އެކަމަނާ އަވަހާރަވީއިރު، ގެންދެވީ ފުރަމޭގެ މައްސަލަތަކާއި، އާތްރައިޓްސް އަދި ހަކުރުބަލި ފަދަ ގިނަ ބަލިތަކަކަށް ފަރުވާ ކުރައްވަމުންނެވެ. އެގޮތުން، ހާލިދާ ޒިއާގެ ފުއްޕާމޭގައި އިންފެކްޝަން ހެދިގެން ބަންގްލަދޭޝްގެ އެވަރކިއާ ހޮސްޕިޓަލްގައި މިދިޔަ ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހު ވަނީ އެޑްމިޓްކޮށްފައެވެ.

ހާލިދާ ޒިއާއަކީ ބަންގްލަދޭޝްގެ ތާރީޚުގައި އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ އެންމެ ފުރަތަމަ އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވެވީ 1991 ފެށިގެން 1996 އަށެވެ. އަދި ދެވަނަ ފަހަރަށް 2001 ކުން ފެށިގެން 2006 ވަނަ އަހަރާ ހަމަޔަށެވެ. މީގެ އިތުރުން ހާލިދާ ޒިއާއަކީ ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިއާއުރް ރަހްމާންގެ އަނބިކަނބަލުންނެވެ.

Rate this article

Leave a Comment

Comments (0)