info@redhan.media

whiteLogo

32.45 C

navLogo

ރައީސް މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

ރައީސް މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ފޮޓޯ: ރައީސް އޮފީސް
Redhan News Room

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރަމާނަ ދަތުރުފުޅެއްގައި އަންނަ އަންގާރަ ދުވަހު ޕާކިސްތާނަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އާއި އެއްބަސްވުންތަކެއް ހިމެނޭ ގޮތުން 12 ކަމަކާ ގުޅޭ ގޮތުން ދެ ޤައުމުން ސޮއިކުރާނެ ކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ. މިއީ ވޭތުވެދިޔަ 10 އަހަރަށް ފަހު ދިވެހި ދައުލަތުގެ ވެރިއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ އެ ޤައުމުގެ "ދަ އިންޓަނޭޝަނަލް ނިއުސް ޕާކިސްތާން (ދަ ނިއުސް.ޕީކޭ)" ނޫހުން ބުނީ، މި ދަތުރުފުޅަކީ ތާރީޚީ ދަތުރުފުޅަކަށް ވާތީ ރައީސް މުޢިއްޒުގެ ދަތުރުފުޅަށް އެ ޤައުމުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ތައްޔާރީތައް ފެށުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިޝްހާޤް ދާރު މިއަދު ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވަވާފައެވެ.

"ބައްދަލުވުމުގައި ރިވިއުކުރީ ބައިލެޓަރަލް އެޖެންޑާ، ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، މޫސުމަށް އަންނަ ބަދަލު، ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަންގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން އަމާޒުކޮށްގެން،" ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ، އެ ނޫހުގައި ވެއެވެ.

ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދަކާ އެކު ރައީސް މުޢިއްޒު ކުރައްވާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ 12 އެއްބަސްވުމުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، އަދި ސިވިލް އޭވިއޭޝަންގެ އިތުރުން ދިފާޢީ އަދި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މީގެއިތުރުން، ދެކުނު އޭޝިއާގެ ޤައުމުތައް އެކުލެވޭ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް އަލުން ދިރުން ގެނައުމާ ގުޅޭގޮތުން ވެސް މި ދަތުރުފުޅުގައި ދެ ޤައުމުގެ ވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Rate this article

Leave a Comment

Comments (0)