info@redhan.media

whiteLogo

32.45 C

navLogo

ރ. އަދި ބ. އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާހުކޮށްފި

ރ. އަދި ބ. އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާހުކޮށްފި
ފޮޓޯ: ހަކަތާއި ބެހޭ ވުޒާރާ
Redhan News Room

ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ނިޒާމުތައް އިފްތިތާހުކުރުމަށް ރ. ކިނޮޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ (ހަކަތައާއި ބެހޭ ވުޒާރާ) އިން ވިދާޅުވީ، މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއީ ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ކުރިއަށްގެންދާ "ޕްރިޕެއަރިންގ އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) މަޝްރޫއުގެ ދަށުން ނިންމާފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ 160 ރަށެއްގެ ޑީސަލް އިންޖީނުތައް ސޯލާ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ.

މިއަދު އިފްތިތާހުކުރި 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ހިމެނެއެވެ. މި ނިޒާމުތަކުގެ ސަބަބުން އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފައްދައި، ތިން މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ. މީގެ އިތުރުން، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

ސޯލާހައިބްރިޑްނިޒާމުތައްއިފްތިތާހުކުރިރަށްތައް:ރ. އަތޮޅުން: އަލުފުށި، ވާދޫ، ރަސްގަތީމު، އަނގޮޅިތީމު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ، އިނގުރައިދޫ، ފައިނު، މީދޫ، ކިނޮޅަސް، އަދި ހުޅުދުއްފާރު.ބ. އަތޮޅުން: ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، އޭދަފުށި، ތުޅާދޫ، ހިތާދޫ، ފުޅަދޫ، އަދި ފެހެންދޫ.

މި 25 ރަށާއެކު، ޕޮއިސްޑް މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 97 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ނިމިފައިވާ ކަމަށް ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި އިތުރު 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މި މަޝްރޫއަކީ އެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅުނު ވަރަށް ބޮޑު ބާރެކެވެ.

Rate this article

Leave a Comment

Comments (0)