info@redhan.media

whiteLogo

32.45 C

navLogo

ރައީސްގެ ސްކޮލަރޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސްގެ ސްކޮލަރޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެގޮތަށް އުސޫލު ބަދަލުކޮށްފި
social media
މަރިޔަމް

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކުރައްވައިފިއެވެ.މި ބަދަލުތައް ގެންނަވާފައިވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލަށެވެ.މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު ކުރިން އޮންނަ ގޮތުން ސްކޮލަޝިޕް ލިބޭ ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބެނީ މަތީ ތަޢުލީމާއި ވުޒާރާއިން ކަނޑައަޅާ ދާއިރާތަކަކުންނެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެކަމާއި ގުޅޭ އުސޫލުތަކަށް ބަދަލުތައް ގެންނަވައި، އެ އުސޫލު ގެޒެޓް ކުރައްވާފައެވެ.މި އުސޫލަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދެއްވާގޮތަށް ހަމަޖެއްސެވުމެވެ. މިބަދަލުގެ އިތުރުންވެސް މުހިއްމު ބަދަލުތަކެއް ވަނީ އުސޫލަށް ގެންނަވާފައެވެ. އެގޮތުން ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފައެވެ. މިއީ ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވަން ބާރު އެޅުމުގެ ގޮތުން ގެންނެވި ބަދަލެކެވެ. މިބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.މި އުސޫލުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން 4 އަހަރާއި، 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ.ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކުރައްވާފައިވާއިރު މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށްވެސް ވަނީ ނިންމާފައެވެ.މި ބަދަލުތަކުގެ އިތުރުންވެސް ދަރިވަރުންނަށް ފާސެހަ އިންތިޒާމުތައް ހަމަޖެއްސުމާއި އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ކަންކަންވެސް ވަނީ ސަރުކާރުން ގެޒެޓްކުރެއްވި އުސޫލުގައި ހިމަނުއްވާފައެވެ.

Rate this article

Leave a Comment

Comments (0)