hello@support.com

whiteLogo

32.45 C

navLogo

ސެލީނާ ގޯމޭޒް ކައިވެނި ކޮށްފި

ސެލީނާ ގޯމޭޒް ކައިވެނި ކޮށްފި
selina media
މަރިޔަމް

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޯމޭޒް އާއި އެމެރިކާގެ މިއުޒިކް ޕްރޮޑިއުސަރު ބެނީ ބްލަންކޯ ކައިވެނިކޮށްފިއެވެ.

އިއްޔެ ކައިވެނިކުރިކަން ކަށަވަރުކޮށްދީ ސެލީނާ ވަނީ އޭނާގެެ އިންސްޓަގްރާމް ޕޭޖުގައި މި ދެ ތަރިންގެ ކައިވެނީގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ.

އާއިލާ އާއި ގާތް ރަހުމަތްތެރިންނާ އެކު، އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ބޭއްވީ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސެންޓަ ބާބަރާގައި ކަމަށް ވޯގް މެގަޒިން އިން ބުނެއެވެ.

މިދެ ތަރިންގެ ކައިވެނި ހަފްލާގައި 170 މެހެމާނުން ބައިވެރިވިއެވެ. މި މެހެމާނުންގެ ތެރޭގައި އެމެރިކާގެ "ޕޮޕް ސުޕަސްޓާ" އަދި ސެލީނާގެ ގިނަ ދުވަސްވީ ގާތް އެކުވެރިޔާ ޓޭލާ ސްވިފްޓްގެ އިތުރުން އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އާއި ސޯޝަލައިޓް ޕެރިސް ހިލްޓަން އަދި ސެލީނާގެ “އޮންލީ މާޑާސް” ގެ ކޯ ސްޓާރުން ކަމަށްވާ ސްޓީވް މާޓިން އާއި މާޓިން ޝޯޓް ހިމެނެއެވެ.

ފެޝަން މެގަޒިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެމަފިރިން ކައިވެނީގެ ހަފްލާގައި ލައިގެން ތިބީ މަޝްހޫރު ލަގްޒަރީ ބްރޭންޑް ރާލްފް ލޯރެން ބްރޭންޑްގެ ކަސްޓަމް ޑިޒައިން ހެދުންތަކެވެ.

ސެލީނާ އާއި ބެނީގެ ގުޅުން އެ ދެތަރިން އާންމު ކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ އަހަރެއް ފަހުން އެދެމަފިރިން އެންގޭޖްވި ކަމަށް ވޯގް އިން ބުނެއެވެ.

ސެލީނާގެ އެންމެ ބޮޑު ޗާޓް ހިޓްތައް އުފެއްދުމުގައި ބެނީ ވަނީ ބޮޑު ރޯލެއް އަދާކޮށްފައެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރު ނެރުނު ސިންގަލްސް “ސޭމް އޯލްޑް ލަވް” އާއި “ކިލް އެމް ވިތު ކައިންޑްނެސް” ހިމެނެއެވެ.

މިދިޔަ މާޗް މަހު ސެލީނަ އާއި ބެނީ ވަނީ “އައި ސޭޑް އައި ލަވް ޔޫ ފަސްޓް” ގެ ނަމުގައި އެކުގައި އަލްބަމެއް ނެރެފައެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356
hello@support.com