-1786455577956.webp)
ކ. ދިއްފުއްޓަށް ފަތުރުވެރިންތަކަކ ގޮވައިގެން ދަތުރުކުރި ލޯންޗެއް، ކ. ގިރިފުށި ކައިރިއަށް މިއަދު އަޑިއަށް ގޮސްފިއެވެ.
"ވަގުތު" އަށް ކިޔައިދިން ގޮތުގައި، ލޯންޗު އަޑިއަށް ދާން މެދުވެރިވީ ބޮޑު ރާޅެއް އަރައި ލޯންޗު ދިޔަވާން ފެށުމުގެ ސަބަބުންނެވެ. ނަމަވެސް، ލޯންޗު އެއްކޮށް އަޑިއަށް ދިޔުމުގެ ކުރިން، އޭގައި ތިބި ހުރިހާ އެންމެން ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހެން އުޅަނދުފަހަރަށް ނަގައި ސަލާމަތްކޮށްފައެވެ.

"ލޯންޗު ވަނީ އެއްކޮށް އަޑިއަށް ގޮސްފައި. އޭގެއިން ދަތުރުކުރި ފަތުރުވެރިންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ،" އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލޯންޗެއް ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓު މިއަދު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.