info@redhan.media

whiteLogo

32.45 C

navLogo

ހުޅުމާލޭގައި ޓެކްސީއެއް ހޮޅިދަނޑިއެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހުޅުމާލޭގައި ޓެކްސީއެއް ހޮޅިދަނޑިއެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ފޮޓޯ: ފުލުހުން
Redhan News Room

ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ޓެކްސީ ލައިންގެ ޓެކްސީއެއް މަގުގެ އަރިމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި، އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ބަގީޗާ ހިނގުމުން ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނެއްޓި، މަގުގެ އަރިމަތީގައި ހުރި ހޮޅިދަނޑިއަކަށް އަރައިގެންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގައިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު ގާތްގަނޑަކަށް 04:33 ހާއިރެވެ. އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅު އެއްކޮށް ފުނޑުފުނޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކާރު ދުއްވަން އިން ޑްރައިވަރަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް، އޭނާއަށް ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދު ދުއްވި ޑްރައިވަރުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މިހާރު ވަގުތީ ގޮތުން ހިފަހައްޓާފައެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Rate this article

Leave a Comment

Comments (0)