info@redhan.media

whiteLogo

32.45 C

navLogo

ވަޒީރު އިރުތިޝާމް މިސްރުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ވަޒީރު އިރުތިޝާމް މިސްރުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
ޕޮޓޯ: ހާރިޖީ ވުޒާރާ
Redhan News Room

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު ޢަބްދުލްޢާޠީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިރާޤުގެ ވެރިރަށް ބަޣުދާދުގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ އަދި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

Loading tweet...

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

"ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން ވާނީ ހާމަކުރައްވާފައި. ރާއްޖެއާއި މިސްރާއި ދެމެދުގައި އޮތް ގާތް ގުޅުމުގެ އަގު ވަޒަންކުރައްވަން. އަދި ދެޤައުމުގެ ދެމެދުގައި މުހިންމު ކަންކަމުގައި އެއްބާރުލުން ދެއްވުމުގައި ދެމިތިބޭނަން،" ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.

ރާއްޖެއާއި މިސްރަކީ އިސްލާމީ އުންމަތުގެ މުހިންމު ދެ ޤައުމަށް ވާއިރު، ބައިނަލްއަޤުވާމީ މައިދާނުގައްޔާއި އިސްލާމީ ކަންކަމުގައި ދެ ޤައުމުން އަބަދުވެސް އަންނަނީ ގާތުން މަސައްކަތްކުރަމުންނެވެ.

Rate this article

Leave a Comment

Comments (0)