info@redhan.media

whiteLogo

32.45 C

navLogo

ސީޕްލޭންގެ ހިދުމަތާއިއެކު ވެލިދޫ އާއި ފޮއްދޫގެ އިގްތިސޯދާއި ފަތުރުވެރިކަމަށް އާ ދިރުމެއް!

ސީޕްލޭންގެ ހިދުމަތާއިއެކު ވެލިދޫ އާއި ފޮއްދޫގެ އިގްތިސޯދާއި ފަތުރުވެރިކަމަށް އާ ދިރުމެއް!
މޯލްޑިވިއަންއިން ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުން-- ފޮޓޯ: މޯލްޑިވިއަން
މަރިޔަމް

މިއަދު ނ. ވެލިދޫގައި ފެށިގެންދިޔަ ސީޕްލޭންގެ ހިދުމަތާއެކު، އެ ރަށާއި ފޮއްދޫގެ އިތުރުން ކައިރި ރަށްތަކުގެ އިގްތިސޯދަށާއި ފަތުރުވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެއެވެ.

ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރަކީ ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ރަށްތައް ގުޅުވާލައި، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ރަށުގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް ޝެޑިއުލް ދަތުރުތައް ފަށްޓަވާނެ ކަމަށް ވެވަޑައިގަތް ވައުދުފުޅު، މިއަދު ހަގީގަތަކަށް ވެގެންދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެލިދޫގެ ރައްޔިތުންނަށް މިއަދު ހުޅުވިގެން ދިޔައީ ދަތުރުފަތުރުގެ ވަގުތު ކުޑަވެ އަސާސީ ހިދުމަތްތަކަށް ފަސޭހަކަމާއެކު ވާސިލް ވެވޭނެ އާ ފުރުސަތެއް. މިއީ ކޮންމެ ވަގުތެއްގައި ވެސް އިތުބާރާއި ޔަގީންކަމާއިއެކު ދަތުރުކުރެވޭނެ އަމާން މަގެއްކަމުގައި ވާނެކަން ކަށަވަރު،" ޝަފީއު ވިދާޅުވިއެވެ.

މި ހިދުމަތުގެ ދަށުން މާލެ-ވެލިދޫ ލޯކަލް ޓިކެޓެއްގެ އަގަކީ 999 ރުފިޔާއެވެ. އަދި ފަތުރުވެރިންނަށް ޓިކެޓް ލިބޭނީ 93 ޑޮލަރަށެވެ. ޝަފީއު ވިދާޅުވީ މި އަގުތަކަކީ ވިޔަފާރި އުސޫލަށްވުރެ ބޮޑަށް ރައްޔިތުންނަށް ލުޔެއް ދިނުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކަނޑައަޅާފައިވާ އަގުތަކެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ފަހިކަން ގެނެސްދެއްވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ހާއްސަކޮށް ކުރިއަށް އޮތް ރޯދަމަހު ކާބޯތަކެއްޗާއި ވިޔަފާރި މުދާ އުފުލުމުގައި ވެލިދޫއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މޯލްޑިވިއަންއިން ދަނީ ބ. ފުޅަދޫ އަދި ކަމަދޫއަށް ވެސް ސީޕްލޭންގެ ހިދުމަތް ދެމުންނެވެ. އަދި އަންނަ މަހު އއ. ތޮއްޑޫއަށް ވެސް ސީޕްލޭން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Rate this article

Leave a Comment

Comments (0)