info@redhan.media

whiteLogo

32.45 C

navLogo

ވިނަރެސް ފްލެޓް ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ ނިންމައިފި

ވިނަރެސް ފްލެޓް ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ ނިންމައިފި
ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
މަރިޔަމް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އިތުރުވަމުންދާތީ، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ނަމާދުކުރުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަޙައްދުގައި ބިނާކުރާ އާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްޞީލު ހާމަކުރަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީސްމީޑިއާގެ މަންސަ 'އެކްސް' ގައި ބުނެފައިވަނީ، ޖުމްލަ 1،095 މީހުންގެ ޖާގައިގެ މި މިސްކިތުގެ ބޮޑުބައެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިސްކިތްތައް ބިނާކުރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Loading tweet...

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާ ނިސްބަތް ހަލުވިކަމާ އެކު އިތުރުވަމުންދާއިރު، މިވަގުތު އެ ސަރަޙައްދުގައި އާންމުން ނަމާދުކުރުމަށް ބޭނުންކުރަމުން ދަނީ ދާއިމީ ތިން މިސްކިތަކާއި ވަގުތީ ދެ މިސްކިތެކެވެ. ވިނަރެސް ސަރަޙައްދުގައި ބިނާކުރާ މި އާ މިސްކިތާއެކު، ނަމާދުކުރުމަށް އޮތް ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން، މުޅި ރާއްޖޭގައި އިސްލާމީ ވަޙްދަތު ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން އަތޮޅުތެރޭގެ 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.

ހަމައެހެންމެ، މާލެ ސަރަޙައްދުގައި ހުރި ބާވެފައިވާ މިސްކިތްތައް ތަޅާލުމަށްފަހު، އެ ތަންތަނުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތްތައް އިމާރާތްކުރުމުގެ ޚާއްޞަ މަޝްރޫޢުތަކެއް ވެސް ސަރުކާރުން މިހާރު ދަނީ ބާރުސްޕީޑުގައި ހިންގަމުންނެވެ.

Rate this article

Leave a Comment

Comments (0)