info@redhan.media

whiteLogo

32.45 C

navLogo

ރާއްޖޭގެ ހަ ސަރަހައްދެއްގައި ޔޫތް ހަބް ގާއިމު ކުރަނީ

ރާއްޖޭގެ ހަ ސަރަހައްދެއްގައި ޔޫތް ހަބް ގާއިމު ކުރަނީ
ޕޮޓޯ: ރައީސް އޮފީސް
މަރިޔަމް

ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދު މިއަދު ވިދާޅުވެފައިވަނީ، އެންމެ މަދުވެގެން ވެސް ރާއްޖޭގެ ހަ ސަރަހައްދެއްގައި ޔޫތް ހަބް ނުވަތަ ޒުވާނުންގެ ވެހި ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މިއީ ޒުވާނުންނަށް އިތުރު ތަންތަނުގައި ހަރަކާތްތެރިވެ، މަސައްކަތް ކޮށްލުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން ފެށި މަސައްކަތެކެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ފުރަތަމަ ޔޫތް ހަބް ހުޅުވާފައިވަނީ މާލޭގައި ކަމަށެވެ. މާލޭގައި ހުންނަ ޔޫތް ހަބްގައި ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ޒުވާނުންނަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވަނީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެފަދަ ތަންތަން އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

ޔޫތް ހަބްތައް ރާއްޖޭގައި ފުޅާ ކުރުމުގެ ގޮތުން ހުރިހާ ސިޓީއެއްގައި ޔޫތް ހަބް ގާއިމު ކުރާނެ ކަމަށް ވަޒީރު ވަހީދު ވިދާޅުވިއެވެ. އެގޮތުން، މިހާރު އައްޑޫސިޓީ، ފުވައްމުލަށް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ޔޫތް ހަބް ގާއިމު ކުރުމަށްޓަކައި ސޮއިކޮށްފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ވެސް އަންނަ އަހަރު އިތުރު ދެ ސަރަހައްދެއްގައި ޔޫތް ހަބް ގާއިމު ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"އެހެންވީމަ އެންމެ ދަށްކޮށް ދިޔަޔަސް އަޅުގަނޑަށް ހީވަނީ 6 ސަރަހައްދެއްގައި އަޅުގަނޑުމެން ޔޫތް ހަބް ގާއިމު ކުރެވޭނެހެން،" ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި މި ސަރުކާރުން މާލޭގައި ތަރައްގީކުރި ފުރަތަމަ ޔޫތް ހަބް ނުވަތަ ޒުވާނުންގެ ވެހި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

Rate this article

Leave a Comment

Comments (0)